About Us

              މާރަންދޫ މަދަރުސާ            
   ތައާރަފް   

28 އޭޕްރީލް 1969 ގައި " އެދުރުގޭ " ގެ ނަމުގައި ދީނީ އިލްމާއި ހިސާބު އަދި ދިވެހި އުނގަންނައިދިނުމަށްޓަކައި ރަޖިސްޓްރީކުރި މަދަރުސާ ތަރައްޤީވަމުން އައިސް " މާރަންދޫ މަދަރުސާ " ގެ ނަމުގައި ކިޔަވައިދޭން ފެށީ 1994ވަނަ އަހަރުގެ ތެރޭގައި. އެއަށްފަހު 2006ވަނަ އަހަރުގެ ތެރޭގައި މަދަރުސާގައި ޘާނަވީ ފެންވަރަށް ކިޔަވައިދޭން ފަށައިފައިވޭ.

ސްކޫލް މޮޓޯ: ކާމިޔާބު - ދަރިވަރުންގެ ޢަޒުމް
މިޝަން:     - ރަށުންނާއި ރަށުން ބޭރުން ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން މެނޭޖްމަންޓާއި މުވައްޒަފުން    އަދި ބެލެނިވެރިންނާއި ދަރިވަރުން ހޭލުންތެރި ކުރުވުން
-         ސްކޫލުންދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު ރަނގަޅުކޮށް އަތޮޅު ފެންވަރުގައި ޖީސީއީ އަދި އެސްއެސްއީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުން
-         ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ ކޮމްޕިއުޓަރ ބޭސިކް ދަންނަ ކުއްޖަކަށް ހެދުން އަދި ޖީސީއީ އަދި އެސްއެސްއީ އިމްތިހާނު %65 ފާސްވާ ދަރިވަރުންނަށް ހެދުން.
ކާމިޔާބީ:  2010ވަނަ އަހަރު ޖީ.ސީ.އީ، އަދި އެސް.އެސް.ސީ އިމްތިހާނަށް ސްކޫލުން އެކަށީގެންވާ ރަނގަޅު ކާމިޔާބީތަކެއް ލިބިފައިވާ އަހަރެކެވެ. އެޑިޔުކޭޝަނުން 2010 ވަނަ އަހަރަށް ކަޑައެޅި އަމާޒަކީ 5 މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް ކުރީ އަހަރަށްވުރެ 2010ގައި %9 މަތިކުރުމެވެ. 2009ވަނަ އަހަރު ރާއްޖޭގައި އޯލެވެލް ހެދީ 173 ސެންޓަރުގެ ތެރެއިން ފަސްމާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް %20 އިން މަތި ހޯދުނު 9 ސްކޫލުގެ ތެރޭގައި މާރަންދޫ މަދަރުސާ ހިމެނި އެއަހަރު ލިބުނު ފަހުރުވެރި ކާމިޔާބީއަށްފަހު،ޖެހިގެން އައި އަހަރުވެސް އެޑިޔުކޭޝަނުން މިއަހަރަށް ޙާޞިލްކުރުމަށް ކަޑައެޅި އަމާޒަށް ވާސިލުވި، ސްކޫލުތަކުގެ ތެރޭގައި މާރަންދޫ މަދަރުސާ ހިމެނިފައިވެއެވެ.  އަދި އެހެންމެ ކުރިން ޑިސްޓިންކްޝަން ހޯދިފައިނުވާ މާއްދާތަކުން ޑިސްޓިންކްޝަން އުފެއްދިފައިވުމާއި، ފަހުރުވެރި ގްރޭޑްތަކާއެކު ހުރިހާ މާއްދާއަކުން ފާސްވެފައިވާ ދަރިވަރުން މިއަހަރު ހިމެނިފައިވާކަން ފާހަގަކުރެވެއެވެ. ޖީ.ސީ.އީ އޯލެވެލް ނަތީޖާއަށް ބަލައި ތަޢުލީމީ ފެންވަރުގައި ހޮވާ ޤައުމީ ގަދަ 10އަށް ހޮވުމަށް ކޮލިފައިވަނީ ބައިވެރިވާ ހުރިހާ މާއްދާއަކުން ފާސްވުމާއެކު، އޭ.ބީ.ސީއަށް މާކުސް ދީގެން ޖުމްލަ 83 ޕޮއިންޓް ހޯދައިގެނެވެ. މިމަދަރުސާގައި 2010 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރު ހުރިހާ މާއްދާއަކުން ފާސްވުމާއެކު 82 ކުރެޑިޓް ޕޮއިންޓް ހޯދާފައިވެއެވެ.